03 Nov 2016, 10:22
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރު މިރޭ ފެށިގެންދާނެ އެވެ.
އެ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ޒޯނެއްގެ މެޗެކެވެ. އެއީ ޒޯން 1، ޒޯން 2 އަދި ޒޯން 3ގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގުރައިދޫ: އެ ޓީމު ޒޯން ބުރުން ފެނިގެންދާނެ ---
ޒޯން 1ގައި މިރޭ 8:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. ކަނޑިތީމާއި ހދ. ނާވައިދޫ އެވެ. މިރޭ 9:00ގައި ކުޅޭ ޒޯން 2ގެ މެޗުގައި ބައްދަލުކުރާނީ ބ. ހިތާދު އާއި ނ. ހޮޅުދޫ އެވެ. އަދި މިރޭ 10:00ގައި ކުޅޭ ޒޯން 4ގެ މެޗުގައި ބައްދަލުކުރާނީ ވ. ފުލިދު އާއި މ. ދިއްގަރެވެ.
އެ މުބާރާތުގައި މާދަމާ ރޭ ވެސް ތިން ޒޯނެއްގެ މެޗެއް ކުރިއަށްދާނެ އެވެ. މާދަމާ ރޭ 8:00ގައި ކުޅޭ ޒޯން 5ގެ މެޗުގައި ފ. ނިލަންދު އާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ ޒޯން 6ގެ މެޗުގައި ބައްދަލުކުރާނީ ގދ. މަޑަވެއްޔާއި ލ. މާބައިދޫ އެވެ. އަދި މާދަމާ ރޭ 10:00ގައި ކުޅޭ ޒޯން 8ގެ މެޗުގައި ބައްދަލުކުރާނީ މާފަންނާއި ހެންވޭރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގއ. އަތޮޅުގެ ޗެމްޕިއަން ކަނޑުހުޅުދޫ: އެ ޓީމު ޒޯން ބުރުން ފެނިގެންދާނެ ---
އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގޮސްފައި ވަނީ އަތޮޅުތަކުގެ ޓީމުތަކުގެ މެދުގައެވެ. އެ ބުރުން އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ދެ ވަނަ ބުރު ނުވަތަ ޒޯން ބުރުން ޖާގަ ލިބިގެންދިޔަ އެވެ. ޒޯން ބުރަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އެ ބުރުން ޗެމްޕިއަންކަން ހޯދާ އަށް ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ.
ޖުމްލަ 50 ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.