03 Nov 2016, 21:11
ޖެޓް އެއާވޭސްއިން ސައުދީ އަރަބިއްޔާއާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އުދުހުންތަކުގައި ބޭނުން ކުރުމަށް އޭ330 މަރުކާރުގެ ދެ ޖެޓްލައިނާ ބޭނުން ކުރަން ފަށައިފިއެވެ.
އިންޑިއާއާއި ސައުދީ އަރަބިއްޔާއާ ދެމެދުގެ އުދުހުންތަކަށް އެ އެއާލައިނުން ބޭނުން ކުރަން ފަށާފައިވަނީ A330-200 މަރުކާގެ ބޯޓަކާއި A330-300 ބޯޓެކެވެ. މި ބޯޓުތަކުގެ އުދުހުންތައް ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
މި ދެ ބޯޓު ބޭނުން ކުރާނީ ސައުދީ އަރަބިއްޔާގެ ދައްމާމް ސިޓީގެ އެއާޕޯޓުން އިންޑިއާގެ ނިއުދިއްލީއާއި މުމްބާއީއަށް ކުރާ ދަތުރުތަކުގައެވެ.
ޖެޓް އެއާވޭސްގެ ދިއްލީ އަދި ސައުދީ ރޫޓުގެ ދަތުރުތަކަށް އިތުރު ކުރި މި ދެ ބޯޓުގެ ދަތުރުތައް ކޮންމެ ދުވަހަކުވެސް އޮންނާނެ އެވެ.
އެ އެއާލައިނުން މިހާރު ވެސް ދަނީ އިންޑިއާގެ ހަ މަންޒިލަކަށް ދަތުރު ކުރެއެވެ.