ދެކުނުގެ އަތޮޅުތަކުގައި ދިރާގުގެ ހިދުމަތްތަކަށް ދިމާވި މައްސަލަތައް ހައްލުކޮށްފިއެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ، އެމައްސަލަ ދިމާވީ އެކުންފުނީގެ ސަބްމެރިން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިއަދު ހަވީރު 15:50އިން ފެށިގެން އެމައްސަލަތައް ހައްލުކޮށް، އިތުރު ދައްޗަކާ ނުލައި އެ ކުންފުނީގެ ޚިދުމަތްތައް ދެކުނުގެ އަތޮޅުތަކަށް ކުރިއެކޭވެސް އެއްގޮތަސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ ދިމާވީ، އދ އަތޮޅާއި ފ އަތޮޅާއި ގދ އަތޮޅުގެ އިތުރުން ފުވައްމުލަކާއި ސ. އަތޮޅުގެ ރަށްތަކަށެވެ.

ދިރާގުގެ ސަބްމެރިން ކޭބަލަކަށް ދިމާވި މައްސަލައާ ގުޅިގެން މި ފަސް އަތޮޅުގައި އެކުންފުނީގެ ޚިދުމަތްތަކަށް ބުރޫއަރާފައިވަނީ ރޭންސުރެއެވެ.