އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ތަކުގައި މަސައްކަތް ކުރާނެ ބިދޭސީ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބިދޭސީ ނަރުހުން ގެންނަން ޝައުގުވެރިވާ އެޖެންސީތަކުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުގެ ރަޖިސްޓްރީ ފޯމާއި ބަޔޯ ޑާޓާ ފޯމު ފުރުމަށްފަހު މިނިސްޓްރީގެ ތައްގަނޑު ޖެހުމަށް ފޮރިން ރެކްރޫޓު ސެކްޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބިދޭސީ ނަރުހުންގެ ކޮންޓްރެކްޓުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ މަސް ދުވަހެވެ. ޕާފޯމެންސަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ބިދޭސީ ނަރުހުން ގެންނަން ޝައުގުވެރިވާ އެޖެންސީތަކުގައި ހުންނަންވީ ޝަރުތުތައް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެޕްލިކޭޝަން ބަލައިގަންނާނީ މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.