02 Nov 2016, 13:25
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ވިހެއި އަންހެނަކު ދަރިފުޅު ދޫކޮށްލުމަށްފަހު ހޮސްޕިޓަލިން ފިލައިފި އެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓާ އަހުމަދު މައުސޫމް "ސަން"އަށް މިއަދު ވިދާޅުވީ ހޮސްޕިޓަލަށް ދަރިފުޅު ދޫކޮށް ދިޔަ އަންހެން މީހާއަކީ މިދިޔަ މަހު 19 ވަނަ ދުވަހު އެ ހޮސްޕިޓަލަށް ވިހެއި އަންހެނަކު ކަމަށެވެ. ދަރިފުޅާ ހަވާލުނުވެ އޭނާ ދިއުމުން ތުއްތު ކުއްޖާ ޖެންޑާ މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް ސިއްހީ ހާލަތު އެހާ ގޯހެއްނޫނެވެ.
މައުސޫމް ވިދާޅުވީ އެ ކުއްޖާގެ ފޯމްތައް ވެސް ނުފުރަނީސް މަންމަ ފިލުމުން އާއިލައާ ގުޅޭގޮތް ވެސް ނުވެފައިވާ ކަމަށެވެ.
އެފަދަ އެތައް ކުދިންއެއް ޖެންޑާގެ ބެލެމުގެ ދަށުން މިވަގުތުވެސް ކުޑަކުދިންގެ ހިޔާގައި ދަނީ ބަލަހައްޓަމުންނެވެ.