02 Nov 2016, 11:27
ދެކުނުގެ އަތޮޅުތަކަށް ދިރާގުގެ ހިދުމަތް ނުލިބި ދަތިތަކާއި ކުރިމަތިލާންޖެހިއްޖެއެވެ.
ރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކުގައި ދިރާގުގެ ފޯންތަކަށް ނުގުޅުމާއި އިންޓަނެޓުގެ ހިދުމަތް ދަނީ މެދުކެނޑެމުންނެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ އދ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދިރާގުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް އެބައުޅޭ ކަމަށެވެ.
ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން އަދި ސާފްނުވާއިރު މައްސަލަ ހައްލުކުރެވޭނެ ވަކި އިރެއްވެސް ދިރާގުން އަދި ހާމައެއް ނުކުރެއެވެ.
އެމައްސަލަ ހައްލުކުރުމަށް އިންޖީނިއަރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.