ކުޑަކުދިންގެ ބަގީޗާ ސަރަހައްދުން ފެށިގެން ޓަސްކަލޫސާއާ ހަމައަށް ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެމްޑަބްއެސްސީން ބުނީ، ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުގެ ނެޓުވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން އެސަރަހައްދުން ފެން ކެނޑިފައިވާ ކަމަށެވެ.

އެމްޑަބުލިއުއެސްސީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް އެސަރަހައްދުން ހޮޅިއެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ފެންކެނޑުނީ އެހެންވެ ކަމަށާއި އެ ހޮޅި ބެއްދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ކުރަމުންދާ ކަމަށާއި ހައްލު ކުރެވުމުން ފެނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބުލިއުއެސްސީން ބުނީ މައްސަލަ ހައްލުވާނެ ވަކި ގަޑިއެއް ދަންނަވަން ނޭނގޭ ކަމަށާއި "ފަތިހާ ހަމައަށް ހައްލުވާނެ" ކަމަށެވެ.