ސައިރެކްސް ކޮލެޖުގެ 20 ކޯހަކަށް ކުރިމަތި ލުމުގެ ފުރުސަތު އެ ކޮލެޖުން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން މިއަދު ނެެރުނު ބަޔާނެއްގައި ބުނީ އަލަށް ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ޑިގްރީގެ އަށް ކޯހަކަށާއި ޑިޕޮލަމާ ހަ ކޯހަކާއި ސެޓިފިކެޓް ލެވެލްތަކުގެ ފަސް ކޯހެއްގެ އިތުރުން މާސްޓާސްގެ އެއް ކޯސް ހިމެނޭ ކަމަށެވެ.

އެ ކޮލެޖުން ބުނީ މާސްޓާސް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޑިގްރީ ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވަނީ އަންނަ ޖެނުއަރީ 10ގެ ނިޔަލަށް ކަމަށާއި އަދި ޑިޕޮލަމާ ކޯސްތަކަށް ދީފައިވާ މުއްދަތު ހަމަވާނީ މި މަހު 30ގެ ނިޔަލަށް ކަމަށެވެ.

ސައިރެކްސް ކޮލެޖުގެ ޑައިރެކްޓަރު ޖެނެރަލް އެފެއާޒު އަލީ ޝައްމާން މިރޭ ވިދާޅުވީ އެ ކޮލެޖުގެ ތިން ކޭމްޕަހެއް މާލޭގައި ހިންގާ ކަމަށާއި އެ ދަރިވަރަކާ އެންމެ ކައިރީ ކެމްޕަހަކަށް ކިޔަވަން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ކޮލެޖުގެ ކެމްޕަސްތައް ހުންނަނީ މާފަންނާއި ގަލޮޅުގަ އެވެ.