08 May 2010, 05:18
10:00
ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހި ތަކަކާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ނައިފަރު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި އެ ރަށުގެ ގެއެއްގެ ތެރެއިން 4000 ރުފިޔާ އާއި ދެ މޯބައިލްފޯނާއި، ދެ ޗާޖަރާއި އަދި ދެ ސިމްކާރޑު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ގެއަކީ ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރެއް ދިރިއުޅޭ ގެއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރު ގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. އަދި ކޯރޓް އަމުރުމުގެ ދަށުން އެގެ ބަލާ ފާސްކުރުމުން 4000 ރުފިޔާ ފިޔަވާ ބާކީ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.