Back
Nov 23, 2025 SUN
SUN

ޑީއާރްޕީ އިން ރައީސް ޔާމީނާ ގުޅެން ހުށައަޅައިފި

ޑީއާރްޕީ އިން ރައީސް ޔާމީނާ ގުޅެން ހުށައަޅައިފި
Lead photo

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) އިން ރައީސް އަބްދުﷲ ޔާމީނަށް ހުށައަޅައިފި އެވެ.

ރައީސް ޔާމީން ފެކްޝަންގެ ސެކެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް މިއަދު ސަން އަށް ވިދާޅުވީ ޑީއާރްޕީގެ ފަރާތުން އެބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރުމަށް ހުށައަޅާފައިވާ ކަމަށެވެ.

"ޑީއާރްޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވާފައި އޮތީ، އެއީ އުފަލާއެކުގައި ބަލައިގަންނަ ކަމެއް،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ޑީއާރްޕީއާ ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ޑިއާރްޕީގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ކުރާއިރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ ދަނީ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރަމުންނެވެ. ވަކިކޮޅެއް އިހުތިޔާރުނުކޮށް އޮތީ ޑީއާރްޕީ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics