01 Nov 2016, 11:13
ބަޣުދާދު (ނޮވެމްބަރު 1): އިރާގުގެ އަސްކަރީ ފައުޖުތަކުން އައިއެސް އިން ހިފާފައިވާ މޯސުލްއާ ގާތްވަމުން ދިޔުމުން އެ ޖަމާއަތުގެ ހަނގުރާމަވެރިން މަރުވާން ބޭނުން ނުވާ ނަމަ ހަތިޔާރު ބެހެއްޓުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ގޮވާލައްވައިފި އެވެ.
ބޮޑުވަޒީރު އަބާދީ އިރާގުގެ ޓީވީއަކަށް ދެއްވިި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ "އައިއެސްއަށް ހަތިޔާރު ބެހެއްޓުން ނުވަތަ މަރުވުން ނޫން ގޮތެއް ނެތް" ކަމަށެވެ.
އިރާގުގެ އަސްކަރިއްޔާ އިން ދަނީ މިހާރު ދަނީ މޯސުލްގެ އިރުމަތިންނާއި ހުޅަނގުން އެސީޓީއާ ކައިރިވަމުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން އަސްކަރިއްޔާ އިން މިހާރު އޮތީ މޯސުލްއާ ގާތްގަނޑަކަށް އެއް ކިލޯ މީޓަރު ދުރުގައި އެސިޓީއަށް ވަންނަން ތައްޔާރަށެވެ.
"އަޅުގަނޑުމެން ހުރިހާ ފަރާތަކުން އައިއެސް ވަށާލައި އެމީހުންގެ ބާރު ނެތިކޮށްލާނަން. އެމީހުންނަށް ފިލޭނެ ގޮތެއް ނޯންނާނެ،" އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް އަބާދީ ވިދާޅުވި އެވެ.
އިރާގުގެ އަސްކަރިއްޔާ އިން ވަނީ މޯސުލްގެ އިރުމައްޗާއި އުތުރާއި ދެކުނުގައި އައިއެސްއިން ހިފާފައިވާ އަވަށްތަކުން އެޖަމާއަތުގެ ހަނގުރާމަވެރިން ފޮނުވާލާފައި ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ. އެހެންކަމުން އައިއެސް އިން އަސްކަރިއްޔާއާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
ދެހާސްސާދަ ވަނަ އައިއެސް އިން ހިފި މޯސުލް އިން އެޖަމާއަތުގެ ހަނގުރާމަވެރިން ފޮނުވާލުމަށް ޓަކައި މީގެ ދެހަފްތާ ކުރިން އިރާގުން ފެއްޓި ހަނގުރާމައިގައި 50،000 ސަލާމަތީ އޮފިސަރުންނާއި، ކުރުދީ ހަނގުރާމަވެރިންނާއި، ސުންނީ އަދި ޝީއީ ހަނގުރާމަވެރިން ބައިވެރިވެ އެވެ.
އެހަނގުރާމަ ފެށުމުގެ ކުރިން މޯސުލްގައި 3،000އި 5،000 ދެމެދުގެ އައިއެސް ހަނގުރާމަވެރިންނާއި ގާތްގަނޑަކަށް 1.5 މިލިއަން އާއްމުން މޯސުލްގައި ތިބި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި އައިއެސްއިން ދަނީ މޯސުލްގައި ތިބި އާއްމުން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. އަދި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެކަނި ވެސް އައިއެސް އިން ވަނީ 232 މީހަކު އެވެ. (ބީބީސީ)