ރ. މާކުރަތުގައި ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މިއަދު ހެނދުނު 9:10 ހާއިރު އެކުއްޖާ ފެނިފައި ވަނީ އެ ރަށު ގޮނޑުދޮށުގައި ރާޅު ޖަހާ ހިސާބުގައި މޫދުގައި އޮއްވައެވެ. އަދި އެކުއްޖާ އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް އެކުއްޖާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިހާދިސާ ފުލުހުން މިހާރު ދަނީ ތަހުޤީޤުކުރަމުންނެވެ.

މާކުރަތު ރަށު ކައުންސިލުން ބުނީ އެރަށު އިރާ، އުމުރުން ދެ އަހަރުގެ ރާޒިން އިބުރާހީމް ރަޝީދު ގެއްލުނީ އޭނާ ގޭގައި ބަހައްޓާފައި އޭނާގެ މަންމަ ތެލި ދޮންނަން ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް ކުއްޖާގެ މަންމަ އަދިވެސް އޮތީ ހަބަރު ހުސްވެފައި ކަމަށް ވާތީ އެ ވާހަކަތަކުގެ ހަގީގަތް އަދި ސާފުނުވާ ކަމަށް ވެސް މާކުރަތު ރަށު ކައުންސިލްގެ ރައީސް ހަސަން އަހުމަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރާޒިންހެ ހަށިގަނޑު ވަޅުލުމުގެ ހެދުމުގެ ހުއްދަ ފުލުހުން މިހާރު ދީފައިވާކަމަށެވެ.