ސ. ފޭދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވެ ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

އެކްސިޑެންޓުގައި ބޯ ފަޅައިގެން ގޮސްފައިވާ އުމުރުން 18 އަހަރުގެ ސ. ފޭދޫ ހުދުވެލި، އަލީ ޝިއުޔާން އަހުމަދު ޑޮކްޓަރުންގެ ލަފާގެ މަތިން މާލެ ގެނައީ މިއަދު ހެދުނުގެ ވަގުތެއްގައި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ސިއުޔާން އަށް ފަރުވާ ދިނުމަށް އޭނާ މާލެ ގެނައި ނަމަވެސް އޭނާގެ ހާލު މިހާރު ސީރިއަސް ނޫން ކަމައްވެސް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އިތުރި ޓެސްޓްތަކެއް ހަދަން އޭނަ ފޮނުވާލީ،" އޮފިޝަލު ވިދާޅުވި އެވެ.

ޝިއުޔާން ދުއްވަމުން ދިޔަ ސައިކަލުގައި އެހެން ސައިކަލެއް ޖެހި އެކްސިޑެންޓްވެ އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ކޯމާއަކަށް ގޮސްފަ އެވެ.