31 Oct 2016, 23:11
އަންނަ މަހުގެ އެކަކުން ފެށިގެން މަސްވެރީންނަށް އެސްޓީއޯއިން ވިއްކާ ތެޔޮ އަގުހެޔޮ ކުރަން ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ނިންމައިފި އެވެ.
މިފްކޯގެ ހިއުމަން ރިސޯސް މެނޭޖަރު ސޮލާހް ޝަރީފް މިރޭ ސަން އަށް ވިދާޅުވީ، މާދަމާއިން ފެށިގެން މިހާރު މިފްކޯއިން 8.40 ރުފިޔާއަށް ވިއްކާ ތެޔޮ ލީޓަރެއް 8 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
މަސްވެރީންނަށް ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގިއިރު ގެނައި އެ ބަދަލާއެކު އޭރު 10.50 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރަކުން 3.2 ރުފިޔާ ހެޔޮކޮށް، 7.30 ރުފިޔާއަށް ވިއްކާފައެވެ.