ބައިލެޓްރަލް އެހީގެ ދަށުން އަލަށް، މަތީ ތައުލީމްގެ 215 ފުރުސަތު ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭގެތެރޭން، ސްރީލަންކާގެ ހޮރައިޒަން ކެމްޕަހުން 24 ސްކޮލާޝިޕް ލިބިފައިވާއިރު އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން 30 ސްކޮލާޝިޕް ލިބިފައިވާ ކަމަށެވެ. އަދި ލަންކާގެ އެޑިޔުލިކް އިންޓަނޭޝަނަލް ކެމްޕަސް އިން 11 ސްކޮލާޝިޕް ލިބިފައިވާއިރު މެލޭޝިއާގެ ލިމްކޮކްވިންގުން 150 ސްކޮލާޝިޕް ލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ދޭ ސްކޮލާޝިޕްތަކުގެ ތެރޭގައި ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތުތައް ހިމެނެއެވެ.

އެ ސްކޮލާޝިޕްގެ ދަށުން ބައެއް ދަރިވަރުން ކިޔަވަމުންދާއިރު އަންނައަހަރު އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މަތީ ތައުލީމަށް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ތެރޭން ބައެއް ދަރިވަރުންނަށް ސަރުކާރުން ލޯނު ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.