ހަލަވެލި ރިސޯޓުގެ ކޮޓަރިއަކުން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ އެވެ.

އެކަން ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް މިރޭ 8:10ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިފައި ވަނީ އަރި އަތޮޅުގައި އޮންނަ ކޮންސްޓެންސް ހަލަވެލި މޯލްޑިވްސް ރިސޯޓުންނެވެ. އަދި މަރުވެފައި އޮތްވައި ފެނުނީ ފިރިހެނެކެވެ.