30 Oct 2016, 22:46
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ ފެންވަރުގެ ހަ އެވޯޑެއް ރާއްޖޭގެ ހަ ރިސޯޓަކަށް ލިބިއްޖެ އެވެ.
ގަތަރުގެ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ ސެއިންޓް ރެޖިސް ދޯހާގައި އިއްޔެ ބޭއްވި 10 ވަނަ ވޯލްޑް ލަގްޒަރީ ހޮޓަލް އެވޯޑްސްގައި ރާއްޖޭގެ ފަރާތުން ވަނީ ދުނިޔޭގެ ފެންވަރުގެ އިތުރުން އޭޝިއާ ބައްރުގައި ވެސް އަދި ސަރަހައްދީ ފެންވަރުގައި ވެސް ވާދަކޮށް އެވޯޑްތަކެއް ހޯދާފައެވެ.
އެގޮތުން، ދުނިޔޭގެ ފެންވަރުގެ ހަ އެވޯޑެއް ރާއްޖެއަށް ލިބުނުއިރު ކޮންޓިނެންޓަލް ކެޓަގަރީން ރާއްޖޭގެ ދެ ރިސޯޓެއް ވަނީ އެވޯޑް ގެންގޮސްފައެވެ. އަދި ސަރަހައްދީ ފެންވަރުގެ ހަތް އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.
ދުނިޔޭގެ ފެންވަރުގެ އެވޯޑް ލިބުނު ރިސޯޓްތައް:
ގްރޭންޑް އެކްސެލެންސް އެވޯޑް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- ލަގްޒަރީ ގްރީން ހޮޓެލް: ކޮންސްޓެންސް މޫފުށި މޯލްޑިވްސް
- ލަގްޒަރީ ވޯޓާ ވިލާ ރިސޯޓް: ޑައިމަންޑްސް ތުޑުފުށި ރިސޯޓް
- ލަގްޒަރީ ބީޗް ރިސޯޓް: ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް
- ލަގްޒަރީ ގެސްޓް ހައުސް: ހޮޓެލް އޯޝަން ގްރޭންޑް ހޮޓެލް
- ލަގްޒަރީ ފެމެލީ އޯލް އިންކުލޫސިވް ހޮޓެލް: ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ
ކޮންޓިނެންޓަލް ކެޓަގަރީން އެވޯޑް ގެންދިޔަ ރާއްޖޭގެ ދެ ރިސޯޓަކީ:
ލަގްޒަރީ ހޮޓެލް ބްރޭންޑް - ކޮކޯ ކަލެކްޝަން
- ލަގްޒަރީ ވިލާ ރިސޯޓް - ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
ރީޖަނަލް ކެޓަގަރީން ރާއްޖޭގެ ހަތް ރިސޯޓަކަށް އެވޯޑް ލިބުނެވެ.
ލަގްޒަރީ ޕްރައިވެޓް ޕޫލް ވިލާ: ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެޓް ދޮނަކުޅި މޯލްޑިވްސް
- ލަގްޒަރީ އެއާޕޯޓް ހޮޓެލް: ހުޅުލޭ އައިލެންޑް ހޮޓަލް
- ލަގްޒަރީ ހަނީމޫން ހޮޓެލް: ޖޭއޭ މަނަފަރު މޯލްޑިވްސް
- ލަގްޒަރީ ބޮޓީކް ހޮޓެލް: މިރިހި އައިލެންޑް ރިސޯޓް
- ބެސްޓް ސާވިސްޑް ލަގްޒަރީ ވިލާސް: އައުޓްރިގާ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓް
- ލަގްޒަރީ ސްޕާ ހޮޓެލް: ދަ ސަން ސިޔާމް އިރު ފުށި މޯލްޑިވްސް
- ލަގްޒަރީ ހަނީމޫން ހޮޓެލް: މަކުނުޑޫ އައިލެންޑް
ރާއްޖޭގެ ފެންވަރުގެ އެވޯޑްތައް ލިބުނު ރިސޯޓްތައް:
ލަގްޒަރީ އެޑަލްޓް ބީޗް ރިސޯޓް: ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- ލަގްޒަރީ ހަނީމޫން ހޮޓެލް: ކޮކޯ ބޮޑު ހިތި
- ލަގްޒަރީ ވިލާ ރިސޯޓް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- ލަގްޒަރީ ވޯޓާ ވިލާ ރިސޯޓް: ކޮންސްޓެންސް ހަލަވެލި މޯލްޑިވްސް
- ލަގްޒަރީ އައިލެންޑް ރިސޯޓް: ޖުމެއިރާ ވިއްޓަވެލި
- ލަގްޒަރީ ފެމެލީ އޯލް އިންކުލޫސިވް ހޮޓެލް: ކުރުނބާ މޯލްޑިވްސް
- ލަގްޒަރީ ބީޗް ރިސޯޓް: ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ
- ލަގްޒަރީ ރޮމޭންޓިކް ހޮޓެލް: ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ދެހާސްހަތްވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓަކަށް ހޮވުނީ، ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ޚަލީފާގައި ހުންނަ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ، އަރްމާނީ ހޮޓެލް ދުބާއީ އެވެ.
ދުނިޔޭގެ ލަގްޒަރީ ހޮޓެލްތައް ފާހަގަކޮށް ދެމުން އަންނަ ދުނިޔޭގައި ފާހަގަކޮށްލެވޭ އެވޯޑް، ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ ފެންވަރުގައާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި 50 ކެޓަގަރީ އަކުން އެވޯޑްދެ އެވެ. އަދި އެވޯޑުގެ ހުރިހާ ވަނައެއްވެސް ހޮވަނީ އާއްމުންގެ ވޯޓުންނެވެ.