30 Oct 2016, 18:10
އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ވަކިވަކި މާއްދާތަކުން ނަތީޖާ ރަނގަޅުކުރުމުގައި ސްކޫލްތަކަށް އެހީތެރިވުމުގެ ދިނުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެހެން އަހަރުތަކަށް ވުރެ އަންނަ އަހަރު ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުކުރުމުގެ މަގްސަދުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ "ސަބްޖެކްޓް އިމްޕުރޫވްމަންޓް ޕްލޭން" އެކުލަވާލުމުގެ މަސައްކަތުގެ ކ. އަތޮޅުގެ ހުރިހާ ސްކޫލެއްގައި އިއްޔެ ވަނީ ނިންމާލާފައެވެ.
މަހެއްހާ ދުވަސްކުރިން ފެށި އެ މަސައްކަތު ބައްދަލުވުންތަކުގައި ސްކޫލްތަކުގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުންނާއި ސްކޫލްތަކުގެ ވަކިވަކި ޑިޕާޓްމަންޓްތަކުން ވަނީ ކޮންމެ މާއްދާއަކަށް ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން ތައްޔާރުކުރުމަށް ތަމްރީނު ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާ އިރަށް ސްކޫލްތަކުގައި ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުންތައް އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ.