މިހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން ލަފާކޮށްފި އެވެ.

މިދުވަސް ކޮޅު ރާއްޖެ އަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އިއްޔެއާއި ރޭ ވެސް މާލެއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ.

މެޓް އޮފީހުން ބުނީ މިހަފްތާ ތެރޭ ވެސް ދޭތެރެދޭތެރެއިން ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.

މިއަދު ވެސް އުތުރާއި މެދުރާއްޖެ ތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މިއަދަށް ލަފާކުރާ މޫސުން

  • އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ

  • ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވޭ
  • ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ
  • ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަނޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މައުލޫމާތުދެ އެވެ.