30 Oct 2016, 08:46
މިހާރު ދައްކަމުން އަންނަ ކަރަން ޖޯހަރުގެ ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ރިލީޒް ކުރުމުގެ އެއް ދުވަސް ކުރިން، ބޮލީވުޑުގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކަށް ދައުވަތު ދީގެން ފިލްމު ވަނީ ސްކްރީން ކޮށްފަ އެވެ.
ފިލްމުގެ ސްކްރީނިން އަށް ކަރަން ދައުވަތު ދިން ފަންނާނުންގެ ތެރޭގައި ކަރީނާ ކަޕޫރު، ގޯރީ ޚާން، އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާ ފަދަ ތަރިން ހިމެނެ އެވެ.
ނަމަވެސް ފިލްމް ސްކްރީން ކުރި އިރު ބޮލީވުޑުގެ ބަތަލާ ކެޓްރީނާ ނުފެނުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އެއީ ކެޓްރީނާ އަދި ކަރަން އަކީ ވަރަށް ގާތް ދެމުން ކަމަށް ވާތީ އެވެ.
ފިލްމުގެ ސްކްރީނިންގް އިން ކެޓްރީނާ ނުފެނުމުން ގިނަ ބަޔަކު ހީކުރީ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ފިލްމަކަށް ވުމުން، ކެޓްރީނާ ފިލްމު ބަލަން ނުދިޔައީ ކަމަށެވެ.
ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ސްކްރީނިންގް އަށް ކެޓްރީނާ އަށް ދައުވަތު ދީފަ އެއް ނުވެ އެވެ. ޚަބަރުތައް ބުނާގޮތުން ކެޓްރީނާ އަށް ދައުވަތު ދީފައި ނުވަނީ ރަންބީރު އެގޮތަށް އެދުމުންނެވެ.
"ކެޓްރީނާ އަށް ދައުވަތު ނުދިނީ ރަންބީރުގެ އެދުމަކަށް،" މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ޚަބަރުތައް ބުނެފައިވެ އެވެ.
އެކަން އެނގުމުން ކެޓްރީނާ ފުރަތަމަ ހިތްހަމަނުޖެހުނު ކަމަށާއި، ނަމަވެސް އެކަމާ މާބޮޑަށް އަޅާނުލާ ކަމަށްވެ އެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރު ރަންބީރު އާއެކު، 'ޖައްގާ ޖާސޫސް' އިންނެވެ.