މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ފަހު އިމްތިހާން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންގާފައިވާ ގޮތަށް ހުރިހާ ސްކޫލެއްގައި ވެސް ދެވަނަ ޓާމުގެ އިމްތިހާން މިއަދު ފަށާފައިވާ ކަމަށެވެ. އިމްތިހާން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ މިއަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ޓާމުގައި ދަރިވަރުން 99 ދުވަހު ކިޔަވާނެ އެވެ.

އަދި އަހަރުގެ ކިޔެވުން ނިމި، ސްކޫލްތައް ބަންދުވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ސްކޫލްތައް ބަންދުވުމަށްފަހު ދެވަނަ ޓާމުގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 50 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، އާ ދިރާސީ އަހަރަކަށް ސްކޫލްތައް އަލުން ހުޅުވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހު އެވެ.