ރާއްޖެއަށް އެެތެެރެ ކުރަން އުޅުނު 1.7 ކިލޯގެ މަސްތުވާތަކެތި އަތުލުމަށްފަހު މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު މޯލްޑިވިއަން ފްލައިޓެއްގައި ތައިލޭންޑުން ރާއްޖެ އައި ދިވެހި ފިރިހެނެއްގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓައެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން އެއާޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން އޭނާގެ ހަށިގަނޑުގައި، މަސްތުވާތަކެތީގެ ހެރޮއިން ބާވަތަށް ޕޮޒޮޓިވްވާ 115 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 1.7 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މީހާއާއި އެމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާއިރު، ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.