އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި އަލިފާން ރޯވެ އަދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނި ގޮތުގައި ރޯވެފައި ވަނީ ކޮންވެސްޝަން ސެންޓަރު ހުންނަ ސަރަހައްދުގެ ޗަސް ބިމުގަ އެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ފަށާފައިވާ އިރު އަލިފާންގަނޑުގެ އަސަރު ކޮންވެންޝަން ސެންޓަރަށް ނުކުރާކަމަށް މައުލޫމާތު ލިބެއެ އެވެ.

އަލިފާންގަނޑާ ގުޅޭ ގޮތުން، އައްޑޫ ސިޓީން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އަލިފާންގަނޑު ރޯވެފައި ވަނީ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި ނަމަވެސް ކޮންވެންޝަން ސެންޓަރާއި އަލިފާންގަނޑު ރޯވި ސަރަހައްދާ ދެމެދު މަގެއް އޮންނަ ކަމަށެވެ. ނަމަވެސް އަލިފާންގަނޑު ދަނީ ފެތުރެމުން ކަަމަށް އެމީހާ ބުންޏެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.