މިދުވަސްކޮޅު ބޮލީވުޑުގައި އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ ބަތަލާ ދީޕިކާ ޕަދުކޯން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގަބޫލު ކުރެވޭ، އެކްޓަރު ރަންވީރު ސިންގް އާ ދެމީހުން ވަކިވި ވާހަކަ އެވެ.

އަދި ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން އިތުރު ވާހަކަތަކެއް ކުރި ފަޅައިގެން އާދެ އެވެ. އެގޮތުން ދެމީހުން ދޭތެރޭ ގައި މައްސަލަ ޖެހުނީ އެކްޓަރު ެ ސަބަބުން ކަމަށް ޚަބަރުތައް ވަނީ ބުނެފަ އެވެ.

ޝާހިދު އެކަން ދޮގުކޮށްފައިވާ އިރު މިހާރު ޚަބަރުތައް ބުނަމުން އަންނަނީ ރަންވީރު އަދި ދީޕިކާ އާ ދެމީހުންގެ މެދަށް ވަނީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ކަމަށެވެ.

އެގޮތުން ރަންބީރު އާއި ދީޕިކާ ވަރަށް ސިއްރުން ބައްދަލު ކުރަނިކޮށް ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރަންބީރު އަދި ދީޕިކާ އަލުން ގުޅެނީ އެވެ. އަނެއް ބަޔަކު ބުނަނީ، ދީޕިކާ މަސައްކަތް ކުރަމުން އަންނަނީ ރަންބީރު އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އަލުން ގުޅުވުމަށެވެ.

ނަމަވެސް އެއިން އެއްވެސް ވާހަކަ އެއްގައި ހަގީގަތެއް ނެތް ކަމަށް ދެމީހުންނާ ގާތް ފަރާތަކުން މިވަނީ ބުނެފަ އެވެ.

"ދީޕިކާ އާއި ރަންބީރު އަލުން ގުޅޭކަށް ނޫޅޭ. އަދި ދީޕިކާ ނޫޅޭ ރަންބީރު އާއި ކެޓްރީނާގެ މައްސަލަ ހައްލު ކުރާކަށް ވެސް. ފަހަރުގައި ދެމީހުން އެކުގައި ވަރަށް އަވަހަށް ފިލްމަކުން ފެނުމުގެ ފުރުސަތު އެބަ އޮތް. ބައްދަލުވުންތައް ކުރިއަށް ދަނީ ފިލްމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވުން ވެސް ކައިރި،" ނުސީދާ ގޮތަކަށް އެފަރާތުން ޖަވާބު ދީފައިވެ އެވެ.

އޭނާ އިތުރަށް ބުނީ ރަންބީރު އާއި ދީޕިކާ ބައްދަލު ކުރުމުން، ރަންވީރަށް މައްސަލައަކަށް ނުވާ ކަމަށެވެ.

ރަންބީރު އާއި ދީޕިކާ ވަކިވުމަށް ފަހު ވެސް ދެމީހުންނަކީ ގާތް އެކުވެރިންނެވެ. އަދި ދެ ފިލްމެއްގައި އެކުގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ. ދެ މީހުންގެ އޮންސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދެ އެވެ.

ހަމަގައިމުވެސް، ދެ މީހުންގެ އިތުރު ފިލްމެއް ބަލާލަން ބޭނުންވެފައި ތިބި މީހުންގެ އަދަދު ވެސް މަދެއް ނުވާނެ އެވެ.