29 Oct 2016, 00:55
ރަސްމީ ފާލަން ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކު ޒަޚަމް ވެއްޖެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ މިރޭ 12:50 ހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ ރަސްމީ ފާލަން ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖިހި ކަމަށެވެ.
އެ އެކްސިޑެންޓަށްފަހު ހޭނެތިފައި އޮތް ދެ މީހަކު ވަނީ ކާރަކަށް އަރުވައިގެން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން ވަނަ މީހާ އެސްއޯ ފުލުހުންގެ ވެހިކަލެއްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންނާއި އައިޖީއެމްއެޗުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.