28 Oct 2016, 20:52
އައްޑޫ ސިޓީ ހުޅުމީދޫން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދު އަޑީގައި މަރުވެފައި އޮތްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު 17:48 ހާއިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ އިރުއޮއްސި 18:50 ހާއިރު މީދޫ އިސްމަހެލާ ސަރަހައްދު މޫދު އަޑިން ކަމަށެވެ.
އަދި މަރުވެފައި އޮއްވައި ފެނިފައިވަނީ 39 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މީދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައި އޮތްކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މީދޫ، ސައިމާގޭ، އަބްދުﷲ ޝަރީފް ކިޔާ މީހެކެވެ.