ހުކުމް ތަންފީޒު ކުރުމަށްޓަކައި މާލޭ ޖަލަށް ގެންގޮސްފައި ވަނިކޮށް ފިލި ގައިދީ ހޯދައި ޖަލަށްލައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ސަން އަށް ވިދާޅުވީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ވ. މެޑަލްޖެހިގޭހަމްޒާ މުޙައްމަދު ރޭ 8:10 ހާއިރު ތާޖުއްދީން ސްކޫލް ކައިރީ ހުއްޓައި ފެނިގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އޭނާ ހައްޔަރުކޮށް ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ޖަލުން ފިލީ އިއްޔެ ހަވީރު 5:10 ހާއިރުއެވެ.