28 Oct 2016, 14:15
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފައި ބިނދިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 1:35 އެހައިކަންހާއިރު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ހެޕީ މާކެޓް ފިހާރަ ކައިރިންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ބިދޭސީ މީހާގެ ފައެއްގެ ކުޑަހުޅުންމަތި ވަނީ ބިންދައިގެން ގޮސްފައެވެ.
އެމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.