28 Oct 2016, 13:33
ގިނަ ދުވަސްތަކަކަށްފަހު ނެދަލެންޑްސް ގައުމީ ޓީމުން ބަޔާން މިއުނިކްގެ ވިންގާ އާރްޔެން ރޮބެންއަށް ޖާގަ ދީފިއެވެ.
ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ވޯލްޑް ކަޕް ކޮލިފައިންގައި ލަގްޒެމްބާގާ ދެކޮޅަށް ކުޅޭ މެޗަށް ކޯޗު ޑެނީ ބްލިންޑް ނަގާފައިވާ ސްކޮޑުގައި ރޮބެން ހިމެނި އިރު، އޭނާ އެންމެ ފަހުން ނެދަލެންޑްސް އަށް މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރޮބެން އެންމެ ފުރަތަމަ ނެދަލެންޑްސްއަށް މެޗެއް ކުޅެފައިވަނީ 2003 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ރޮބެން ވަނީ ގައުމީ ޓީމަށް މުހިންމު ދައުރެއް އަދާކޮށް، އެ ޓީމަށް 88 މެޗެއް ކުޅެފައެވެ.

އާރްޔެން ރޮބެން ނެދަލެންޑްސްގެ ގައުމީ ޖާޒީގައި: މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 88 މެޗު ކުޅެފައި ---
ފިޓްނަސް ގިނަ މައްސަލަތަކަކާ ކުރިމަތިލަމުންދިޔަ އުމުރުން 32 އަހަރުގެ ރޮބެން ވަނީ މި ސީޒަނުގައި މިހާތަނަށް ބަޔާން މިއުނިކަށް ކުޅުނު ހަ މެޗުން ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
ނެދަލެންޑްސް ގައުމީ ޓީމުގެ ސްކޮޑު:
ގޯލްކީޕަރުން – މާޓިން ސްޓެކެލެންބާގް (އެވަޓަން)، މިޝެލް ވޯމް (ޓޮޓެންހަމް)
ޑިފެންޑަރުން – ޑެލޭ ބްލިންޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖެފްރޭ ބްރޫމާ (ވުލްފްސްބާގް)، ވާޖިލް ވެން ޑައިކް (ސައުތުހެމްޓަން)، ރިކް ކާސްޑޯޕް (ފެޔެނޫޑް)، ޓެރެންސް ކޮންގޯލޯ (ފެޔެނޫޑް)، ޖޯލް ވެލްޓްމަން (އަޔެކްސް)، ޖެޓްރޯ ވިލެމްސް (ޕީއެސްވީ)
މިޑްފީލްޑަރުން: ޖޯޑީ ކްލާސީ (ސައުތުހެމްޓަން)، ޑޭވީ ކްލާސެން (އަޔެކްސް)، ޑޭވީ ޕްރޮޕާ (ޕީއެސްވީ)، ބާޓް ރަމްސެލާ (ޕީއެސްވީ)، ސްޓައިން ސްޗާސް (ހީރެންވީން)، ވެސްލޭ ސްނައިޑާ (ގަލަތަސަރާއީ)، ޓޯނީ ވިލްހެނާ (ފެޔެނޫޑް)، ޖޯޖީނިއޯ ވައިނަލްޑަމް (ލިވަޕޫލް)
ފޯވަޑުން: މެމްފިސް ޑިޕާއީ (މެންޗެސްޓާ ޔުނައިޓެޑް)، ބަސް ޑޮސްޓް (ސްޕޯޓިންގް)، ވިންސެންޓް ޖެންސެން (ޓޮޓެންހަމް)، ލޫކް ޑި ޔޮންގް (ޕީއެސްވީ)، އާރްޔެން ރޮބެން (ބަޔާން މިއުނިކް)