BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi
BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi

Last Updated:
9 year 4 week ago

ސަރުކާރަށް ކުރާ ތާއިދު މައުމޫން އަނބުރާ ގެންދަވައިފި

  • މައުމޫން ވިދާޅުވީ ތިން ބާރު އެއްވެފައިވާ ކަމަށް، އިވެނީ އެއް އަޑެއް
  • ޕީޕީއެމްގައި މައްސަލަ އުފެދުނީ ޕީއޭގެ ބަޔަކު އެ ޕާޓީއާ ގުޅުމުން ކަމަށް ވިދާޅުވި
  • ހުރިހާ ޕާޓީތަކުން އެއްބާރުލުމާއެކު މަސައްކަތް ކުރުމަށް މައުމޫން ގޮވާލެއްވި
ބުލޮގު ޚުލާސާ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޕީޕީއެމްގެ އޮފީހުގައި މިރޭ ބާއްވަން އުޅުނު ޖަލްސާއަށް ނުދެވޭ ގޮތަށް އެ ސަރަހައްދު ފުލުހުން ބަންދުކޮށްފި އެވެ.

BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi
BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi

23:22ފަތުހުﷲ ޔާމީން ސައީދު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރެއްވި ތާއީދު، ރައީސް މައުމޫން އަނބުރާ ގެންދަވައިފި އެވެ.

BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi
BREAKING: Sarukaarah kuraa thaaeed Maumoon anburaa gendhavaifi

މައުމޫން އެކަން ހާމަކުރެއްވީ، އެމަނިކުފާނު މިރޭ ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ޝީ ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮަރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ބޭރުގެ ނުފޫޒު ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ބަދުނާމު އެމަނިކުފާނު ބޮލުގައި އެޅޭކަށް ބޭނުންފުޅު ނުވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާންމު އުސޫލުތަކާ އެއްގޮތަށް ހިންގާ ސަރުކާރެއް ނޫނޭ. އަދި މިސަރުކާރުން ހިންގާ ކަންތައްތައް، އަޅުގަނޑު މި މަގާމުގައި ހުރީމާ ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައި މިޒިންމާ އެބަ އެޅޭ. އެހެންވީމާ އަޅުގަނޑު މި ގަސްތު ކުރަނީ މިހާތަނަށް ޕީޕީއެމްގެ މި ސަރުކާރަށް އަޅުގަނޑު ދެއްވާ ތާއީދު މިއަދުން ފެށިގެން އަނބުރާ ގެންދިއުމަށް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ޕީޕީއެމްގެ ކުލައިގައި ޕީއޭގެ މީހުން އެ ޕާޓީގައި ތިބި ކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގައި މައްސަލަ އުފެދުނީ އެހެން ޕާޓީތަކުން މީހުން އެ ޕާޓީއަށް ވަނުމުން ކަމަށެވެ.

"މައްސަލަ ޖެހުނީ ޕީޕީއެމްގެ ފިކުރާ ހިލާފު، ޕީޕީއެމްގެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކު ޕާޓީ ތެރެއަށް ވަނުމުން. މިސާލަކަށް ޕީއޭގެ ވަރަށް ގިނަ މެމްބަރުން ޕީޕީއެމްގެ ތެރެއަށް ވަދެއްޖެ. ގިނަ މުއައްސަސާތަކުގައި ވެސް ތިބީ ޕީއޭގެ މެމްބަރުން. އެ މީހުން ދަނީ ޕީޕީއެމްގެ ހެދުން އަޅައިގެން އޮޅުވާލަމުން،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މި ސަރުކާރަކީ ޕީޕީއެމްގެ ފިކުރާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ގެނައި ސަރުކާރެއް ކަމަށްވީ އިރު އެ ޕާޓީން އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީ ގައުމަށް ކަމަށެވެ. ނަމަވެސް ގައުމީ މަސްލަހަތު އެއްފަރާތްކޮށް، މި ސަރުކާރުން އިސްކުރަމުން ދަނީ އަމިއްލަ މަސްލަހަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކުން ރައްޔިތުންނަށް ގެއްލުން ދޭން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން ވަނީ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އެތައް ގާނޫނެއް ފާސްކޮށް، ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް އަމަލެއްކޮށްފައި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑު ތާއީދުކުރާ ޕާޓީއަކުން އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެއީ އެ ކަންކަމުގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭނެތީ،" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވި ނަމަވެސް ޕީޕީއެމްގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެޕާޓީއަކީ ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

22:34

ސަރުކާރަށް ކުރާ ތާއިދު މައުމޫން އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފި.

އެކަން އިއުލާން ކުރެއްވުމަށްފަހު މައުމޫން ވިދާޅުވީ އެހެން ވިދާޅުނުވެ ވޭތޯ ބެލި ކަމަށާއި ނަމަވެސް ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ބަދުނާމު އެމަނިކުފާނު ބޮލުގައި އެޅޭ ކަމަށް.

މައުމޫން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލު ނުވާތާ އެއް އަހަރު ވެފައިވާ ކަމަށް. އެމަނިކުފާނާ ބައްދަލުކޮށް މައްސަލަތައް ހައްލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި.

22:30

ޑިމޮކްރަސީގެ ދިފާއުގައި ގާނޫނު އަސާސީގެ ދިފާއުގައި އަދި ދިވެހިރައްޔިތުންގެ ދިފާއުގައި ހުރިހާ ޕާޓީތަކުން އެއްބާރުުމާއެކު މަސައްކަތް ކުރުމަށް މައުމޫން ގޮވާލައްވައިފި.

އެމަނިކުފާނު ވިދާޅުވީ އެކުގައި ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ފުންމިން ނޭނގޭވަރުގެ އަނދަވަޅަކަށް ރާއްޖެ ވެއްޓިގެން ހިނގައިދާނެ ކަމަށް.

ޕީޕީއެމްގައި މައްސަލަ އުފެދުނީ އެހެން ޕާޓީތަކުން މީހުން އެ ޕާޓީއަށް ވަނުމުން ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކުލައިގައި ޕީއޭގެ މީހުން އެ ޕާޓީގައި ތިބި ކަމަށް.

"އިސްލާހު" މި ބަސް މިހާރު ވެފައި ވަނީ ބައެއް މީހުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ ބަހަކަށް. އެ ބަސް ބުނާ މީހަކީ އެމްޑީޕީ މީހަކަށް ހަދާ.

22:23

ކޮަރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ބޭރުގެ ނުފޫޒު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް މައުމޫން ވިދާޅުވި.

22:21

ތިން ބާރު އެއްވެފައިވާ ކަމަށް މައުމޫން ވިދާޅުވެއްޖެ. އެންމެ ފަރާތެއްގެ އަޑަށް ތަބާވާން މަޖުބޫރުވެފައިވާ ކަމަށް.

22:19

ސިޔާސީ ގޮތުން ނޭވާ ނުލެވޭ ގޮތް ދިމާވެފައިވާ ކަމަށް މައުމޫން ވިދާޅުވެއްޖެ

22:16

ސިޔާސީ ޕާޓީތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރި ނުވެވޭ ގޮތް ދިމާވެފައިވާ ކަމަށާއި ބައެއް ޕާޓީތަކުގެ ޒައީމުން ޖަލުގައި ތިއްބެވި ކަމަށް މައުމޫން ވިދާޅުވި. ޕާޓީތަކަށް ދިމާވާ ގޮންޖެހުންތައް ބަޔާންކޮށް މިސާލެއްގެ ގޮތުގައި އެމަނިކުފާނު ބާއްވަން އުޅުނު ޖަލްސާގެ ވާހަކަ މައުމޫން ދެއްކެވި.

22:11އަހުމަދު ސާއިލް އަލީ

އެތެރޭގެ ގޮންޖެހުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވުމުން ދިމާވާ މައްސަލައެއް ކަމަށް ވިދާޅުވި. މި ދަނޑިވަޅުގައި ޕާޓީގެ އަސާސީ މަގުސަދުތައް ހަނދާން ކުރަންޖެހޭނެ ކަމަށް ވިދާޅުވި. ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ޕާޓީގެ މަގުސަދުތައް އެމަނިކުފާނު ވިދާޅުވި.

ކޮރަޕްޝަން ނައްތާލުމާއި އެންމެންގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމާއި ސަރުކާރު ޒިންމާދާރު ކުރުވުމާއި ދިވެހިންގެ އަންމަތިން ގެއްލިފައިވާ ތަކެތި ހޯދުމަކީ އެ ޕާޓީގެ މަގުސަދުތައް ކަމަށް ވިދާޅުވި.

ޕާޓީގެ އަސާސީ ގަވާއިދުގައިވާ މަގުސަދުތައް ހާސިލު ކުރެވޭތޯ މައުމޫން ސުވާލު ކުރެއްވި.

22:06އަހުމަދު ސާއިލް އަލީ

ޕީޕީއެމަށް ފަސް އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުންނަށް މަރުހަބާ ދަންނަވަމުން މައުމޫންގެ ވާހަކަފުޅު ފައްޓަވައިފި.

22:00އަހުމަދު ސާއިލް އަލީ

ޖަލްސާ ނުބޭއްވުމާ ގުޅިގެން ޝީ ބިލްޑިންގައި ރައީސް މައުމޫން ނޫސްވެރިންނާ ބައްދަލު ކުރުމަށް ތައްޔާރުވެއްޖެ. އެމަނިކުފާނު މިހާރު ވަނީ ޝީ ބިލްޑިންއަށް ވަޑައިގެންފައި.

21:57

ޖަލްސާއަށް ވަޑައިގަތުމަށް ސަލާމަތީ ބާރުތަކުން ހުރަސް އެޅުއްވި ކަމަށް މައުމޫން ވިދާޅުވެއްޖެ. އެމަނިކުފާނު އެހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައި.

21:44

މިއީ ފުލުހުން އެޅި ހުރަހެއް ނޫން، މިއީ ޔާމީން ފެކްޝަނުން އެޅި ހުރަހެއް: އުމަރު

ވީޓީވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ "ކޮންމެ ވެސް ސިފައެއްގައި" އަހަރީ ދުވަހުގެ ޖަލްސާ ބާއްވާނެ ކަމަށް. މިރޭގެ ޖަލްސާއަށް ހުރަސް ޕީޕީއެމްގެ ފެކްޝަނުން ކަމަށާއި އެކަން ކުރީ ރައީސް މައުމޫނަށް އޮތް ތާއިދު ފެނިދާނެތީ ކަމަށް އުމަރު ވިދާޅުވި.

މިއީ ފުލުހުން އެޅި ހުރަހެއް ނޫން. މިއީ ރައީސް ޔާމީންގެ ފެކްޝަނުން އެޅި ހުރަހެއް. މިކަން މިކުރަނީ ރައީސް މައުމޫންގެ ތާއިދު ފެނިފާނެތީ.އުމަރު ނަސީރު

ޕީޕީއެމް އޮފީސްގައި ބާއްވަން އުޅުނު ޖަލްސާއަށް އުމަރު އެ ސަރަހައްދަށް ނުވަދެވުމުން މަޖިލިސް މެމްބަރުންނާއެކު މަޑުކޮށްލައިގެން-- ސަން ފޮޓޯ/ އަހުމަދު އާޒިފް
21:39

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދު ކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް.

ޕީޕީއެމް އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީގެ އޮފީހުގައި ޖަލްސާ ބާއްވަން އުޅުމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް
21:36

އެ ސަރަހައްދަށް އެއްވެފައިވާ މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަން ފެށުމުން، ބައެއް މީހުން އެ ސަރަހައްދަށް ތޮއްޖެހިފައިވުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ޖަހާފައި.

21:34

ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ ސަރަހައްދަށް ވަޑައިގެންފި. ނަމަވެސް އޭނާއަށް ވެސް އޮފީހަށް ނުދެވޭ ގޮތަށް ފުލުހުން ވަނީ ހުރަސް އަޅާފައި.

21:32އަހްމަދު އާޒިފް

ރައީސް މައުމޫންގެ ދަރިކަލުން، އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެ ސަރަހައްދަށް ވަޑައިގަތުމުން ވެސް އޭނާއަށް ވެސް ޕީޕީއެމްގެ އޮފީހަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައި.

ޕީޕީއެމްގެ އޮފީސް ކައިރިއަށް ޖަމާވެފައި ތިބި މީހުން ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް
21:31

މައުމޫން ބާއްވަން އުޅުނު ޖަލްސާއަށް ދިޔަ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ވަނީ އެ ސަރަހައްދުން ދުރަށް ޖައްސާފައި.

21:24އަހުމަދު ސާއިލް އަލީ

ބޮޑުތަކުރުފާނު މަގު، ހ. ތެމާގައި ހިންގާ ޕީޕީއެމްގެ އޮފީހުގައި ޖަލްސާ ބާއްވަން ނިންމާފައި ވަނިކޮށް، މިރޭ 8:30 އެހާކަންހާއިރު ފުލުހުން ވަނީ އެ ސަރަހައްދަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އެގޮތުން އެ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގު، އުތުރާއި ދެކުނު ފަރާތުގައި ފުލުހުން ވަނީ ބެރިކޭޑު ޖަހައި މަގު ބަންދުކޮށްފައި. އަދި ޕީޕީއެމް އޮފީހާ ދިމާލުން އާޓްފިޝަލް ބީޗު ސަރަހައްދަށް ވެސް މީހުން ވަނުން ވަނީ މަނާކޮށްފައި.

ޕީޕީއެމް އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގު ފުލުހުން ބަންދުކޮށްފައި-- ސަން ފޮޓޯ/ އަހުމަދު އާޒިފް