27 Oct 2016, 19:51
ރެއިންބޯގެ ފިހާރަތަކުން ވިޔަފާރި ކުރައްވައިގެން އަގު ބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބޮޑު ޗުއްޓީއާ ދިމާކޮށް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް އައިފޯން 7، ދިނުމަށް ވަނީ ހަމަޖައްސާފައެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ރެޑް އެޕަލް ސޯފާ ސެޓެއް ދޭން ނިންމާފައިވާިއިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ދޭން ހަމަޖައްސާފައި ވަނީ އެލްޖީ ބްރޭންޑުގެ 9000 ބީޓީއޫގެ އިންވާޓާ އޭސީއެކެވެ.
އަތޮޅު ތެރެ އާއި މާލޭގައި ހުންނަ ރެއިންބޯގެ ހުރިހާ ފިހާރައަކުން ވިޔަފާރި ކުރައްވައިގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ރެއިންބޯގެ ހަ ފިހާރައެއް ހުރެއެވެ. އެއީ ރެއިންބޯ ލިވިން މޯލާއި ރެއިންބޯ ކިޗަން ސިސްޓަމާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ އޮފިސް ސިސްޓަމްގެ އިތުރުން ރެއިންބޯ ތިނަދޫ އަދި ރެއިންބޯ ޝޮޕް އެވެ.