މާލޭ ޖަލަށް ގެންދިޔަ ގައިދީއަކު ފިލައިފި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ފިލާފައި ވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް އިއްވާފައިވާ ވ. މެޑަލްޖެހިގޭހަމްޒާ މުޙައްމަދު އެވެ.

އޭނާ ފިލާފައިވަނީ މިއަދު 17:10 ހާއިރު އެވެ.

މި މީހާ އާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ފުލުހުންނަށް އެންގުމަށް ކަރެކްޝަންސްއިން ވަނީ އިލްތިމާސްކޮށްފައެވެ.