އުރީދޫއިން ހަންގާމާ އާއި ގުޅިގެން، މަގްބޫލް މޮބައިލް އެޕްލިކޭޝަނެއް ކަަމަށްވާ ހަންގާމާ މިއުޒިކް ޕްރޯ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް، ހަންގާމާ ޕްރޯ ފަސޭހަކަމާ އެކު ތަޖުރިބާކުރުމުގެ ފުރުސަތު ލިބި، ބޮލީވުޑް އަދި އިންޓަނޭޝަނަލް ޗާޓުތަކުން ހޮވާލެވިފައިވާ 3.5 މިލިއަންއަށް ވުރެ ގިނަ ލަވަ އަޑު އަހައި، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި ހަންގާމާ ޕްރޯ އަށް އަޕްގްރޭޑް ކުރެއްވުމާ އެކު، ހައި ކޮލިޓީގައި އެތައް މިލިއަން އޯޑިއޯއެއް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބި، އެންމެ ކަމުދާ ލަވަތައް އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލައި، މިއުޒިކް އަޑުއަހާލުމުގެ ފަސޭހަކަން ހަންގާމާ ޕްރޯ އިން ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މި އެޕް އަށް ސަބްސްކްރައިބް ކުރުމަށް ތިން ޕެކޭޖެއްވެސް އުރީދޫން ވަނީ ތައާރަފްކޮަށްފައެވެ. އެއީ ޑެއިލީ، ވީކްލީ އަދި މަންތްލީ ޕެކޭޖުތަކެކެވެ.

އުރީދޫން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެކުންފުނިން މަސައްކަތް ކުރަމުން ދާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށް ދޭ ފަރާތްތަކާއި ގުޅިގެން، ކަސްޓަމަރުންނަށް ކަމުދާ ޚިދުމަތްތަކާއި، އެޕްތައް މެދުވެރިކޮށް، އިތުރަށް ފުރިހަމަ ޑިޖިޓަލް އެކްސްޕިރިއަންސްއެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.