19:00


50 ޕަސެންޓް ޑިސްކައުންޓް ލިބޭ އާއިލީ ޕެކޭޖެއް މަދަނައިން ތަޢާރަފްކޮށްފި އެވެ.


ސަރުކާރުގެ ގެޖެޓްގައި ސާއިކޮށްފައިވާ ނޭޝަނަލް ސޯސަލް ޕްރޮޓެލްޓަން އެޖެންސީ، އެންސްޕާގެ އިޢުލާނެއްގައި ބުނެފައިވަނީ މަދަނައިގެ ދަށުން އާއިލީ ޕެކޭޖެއް މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތައާރަފްކޮށްފައިވާ ކަމަށާއި އެ ޕެކޭޖްގައި އާއިލާގެ ތިން މީހުން ނުވަތަ އެއަށްވުރެ ވެސް ގިނައިން ބައިވެރިވުމުން ބޮލަކަށް ދައްކަންޖެހޭނީ 1،000 ރުފިޔާ ކަމަށެވެ. އަދި އާއިލާއެއްގެ ގޮތުގައި ބެލެވޭނީ އަނބިމީހާ، ފިރިމީހާ، 18 އަހަރުނުވާ ކުދިން، 18 އަހަރާއި 21 އަހަރާދެމެދުގެ ކިޔަވާ ކުދިން، މައިންބަފައިން، ދޮންމަންމައާއި، ދޮންބައްޕަ އަދި ދޮންދަރިން ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެ އެވެ.


މިކަމާ ގުޅިގެން އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެ އެޖެންސީގެ ފަރާތުން އަލަށް ތައާރަފްކޮށްފައިވާ އެ ޕެކޭޖްގެ ސަބަބުން މަދަނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި ބާކީ ބައި ސަރުކާރުން ދައްކައިދޭނެ ކަމަށެވެ.