27 Oct 2016, 10:50
ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކުމުގައި ފަސޭހަ ގޮތްތަކެއް ކަނޑައައެޅުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފި އެވެ.
ޑޮލަރު ގަތުމަށް ބެންކްތައް ކައިރީ ކޮންމެ ދުވަހަކު އެތައް ބަޔަކު ކިޔޫގައި ތިބޭއިރު އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "ސަން"އަށް ވިދާޅުވީ، އެކަމަށް ފަސޭހަ ގޮތެއް ހަމަޖެއްސުމަށް ބެންކުތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ތަފާތު ކަންކަން ކުރަން އެބަ މަޝްވަރާ ކުރެވޭ، އެކަމަކު އަދި އެއްވެސް ކަމެއް ފައިނަލެއް ނުވޭ، މަގުސަދަކީ ފަސޭހަ ގޮތެއް ހަމަޖެއްސުން،" މަންސޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރު ވިއްކާނެ ފަސޭހަ އުސޫލެއް ކަނޑައަޅައި ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށެވެ.
ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އާންމުންގެ އަސާސީ ބޭނުންތައް ހަމަޖެއްސަން ދިމާވާ ދަތިތަކަށް ކޮންމެ ވެސް ލުޔެއް ހޯދައިދިނުމަށް ކޮންމެ ހަފްތާއަކު އެމްއެމްއޭ އިން ދަނީ ބޭންކްތައް މެދުވެރިކޮށް ހަތަރު މިލިއަން ޑޮލަރު ވިއްކަމުންނެވެ.