27 Oct 2016, 09:31
ކުވެއިތު ފިރިހެނަކާއި އޭނާގެ މެއިޑާ އެކު އޮތް ސިއްރު ގުޅުން އެފިރިހެން މީހާގެ އަނބިމީހާއަށް، ގޭގައި ގެންގުޅޭ، ވާހަކަދައްކާ ގުރާ ބޭޒާރުކޮށްލައިފި އެވެ.
އަރަބް ޓައިމްސްގައިވާ ގޮތުން ފިރިހެން މީހާ އޭނާގެ އަނބިމާހާއަށް ބޭވަފާތެރިވާ ކަމަށް އެއަންހެންމީހާ އަށް ވަނީ މީގެ ކުރިން ވެސް ޝައްކުވެފަ އެވެ. އަދި އެކަން ޔަގީންވީ އެއަންހެން މީހާ އާއި ފިރިމީހާއާ ދެމެދު ނުދެކެވޭ ލޯބީގެ ވާހަކަތަކެއް ގުރާ ތަކުރާރު ކުރަން ފެށުމުން ކަމަށް އަންހެން މީހާ ބުނެ އެވެ.
ްއޭގެ ސަބަބުން އެއަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ ކައިވެނިން ބޭރުން ގުޅުމެއް ހިންގާ ކަމަށް ބުނެ ފުލުުހުންނަށް އެމައްސަލަ ރިޕޯޓު ކޮށްފަ އެވެ. އަދި އަންހެން މީހާ ވަޒީފާ އިން މާއަވަހަށް ގެޔަށް ދިޔުމުން ފިރިމީހާ ހުރީ މާބޮޑަށް ހާސްވެފައި ކަމަށް ވެސް ފާހަގަ ކުރި އެވެ.
ނަމަވެސް ޕްރޮސެކިއުޝަން އޮފިސަރު ވަނީ ގުރައަށް އެވާހަކަތައް އަޑު އިވިފައި ވަނީ ޓީވީން ނުވަތަ ރޭޑިއޯ އިން ކަން ސާބިތުކޮށް ނުދެވޭނެތީ އާއި ފިރިހެން މީހާ އާއި މެއިޑުގެ މެދުގައި ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެެއްކެއް ނެތުމުން މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ބުނެފަ އެވެ.
ކައިވެނިން ބޭރުން ގުޅުން ހިންގި ކަމަށް އެފިރިހެން މީހާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. (ޚަލީޖް ޓައިމްސް)