27 Oct 2016, 08:05
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓާ ގުޅޭ 10 ވަނަ އެއާކްރާފްޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެއެވެ.
މޯލްޑިވިއަންއިން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ އެޗްސީ6 ޓުވިން އޮޓާ މަރުކާގެ އެއާކްރާފްޓެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް ވިދާޅުވީ، އެ އެއާލައިންގެ ސީޕްލޭން ފްލީޓާ ގުޅޭ 10 ވަނަ ޓްވިން އޮޓާ، މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އެންމެ ފަހުން ބޯޓެއް ގެނެސްފައިވަނީ ގެ ރެއެވެ.
އައިލެންޑް އޭވިއޭޝަންގެ ސީއެސްއާރުގެ ދަށުން މި ހަފްތާގައި މާލޭގައި ހުޅުވި ތިން ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްހާރިސް ވިދާޅުވީ، މޯލްޑިވިއަންއިން ސީޕްލޭންގެ ޚިދުމަތް ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވި އިރުޝާދެއްގެ ދަށުން ކަމަށެވެ.
"ސިންގަޕޫރުގައި އޮތް އިންވެސްޓްމެންޓް ފޯރަމްގައި އަޅުގަނޑަށް ރައީސް ދެއްވި އިރުޝާދެއްގެ ދަށުން ސީޕްލޭން ސާވިސް ފެށީ. އެންމެ ދެ ބޯޓުން ފެށި ސާވިސްއެއް، މި އަހަރު ނިމޭ އިރު މި ޓާގެޓް ކުރަނީ 10 ބޯޓު ސީޕްލޭން ސާވިސްއަށް ގެނައުމަށް. އޭރުން މި ކުންފުނީގައި މުޅިއެކުު 20 އެއާކްރާފްޓް އޮންނާނެ،" ހާރިސް ވިދާޅުވިއެވެ.