27 Oct 2016, 08:17
މި އަހަރުގެ މިހާތަނަށް އުރީދޫ ގްރޫޕަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅައިބަލާއިރު ތިން ޕަސެންޓު ދަށްވެފައި، ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 15 ޕަސެންޓު އިތުރުވެއްޖެއެވެ.
ގަތަރުގެ އުރީދޫ ގްރޫޕުން އާއްމުކޮށްފައިވާ މި އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި މުޅި އުރީދޫ ގްރޫޕަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 533 މިލިއަން ކުވޭތު ދިނާރެވެ. ޑޮލަރުން ބަލާއިރު އެއީ 1.8 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ތިން ޕަސެންޓު ދަށް އަދަދެކެވެ.
އާމްދަނީ ދަށަށް ދިޔަ ނަމަވެސް މި މުއްދަތުގައި މުޅި ގްރޫޕުގެ ސާފު ފައިދާ އަކީ 1.6 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެގްރޫޕަށް ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ޑޮލަރެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މުވާސަލާތީ ޚިދުމަތް ދެމުން އަންން މި ކުންފުންޏަކީ ރާއްޖެ ހިމަނައިގެން ޖުމްލަ 12 ގައުމެއްގައި ޚިދުމަތް ދެމުން އަންނަ މަލްޓިނޭޝަނަލް ކުންފުންޏެކެވެ.