26 Oct 2016, 13:11
ހަސަން މެރީން އިން، އައުޓްބޯޑު މާކަރީ އިންޖީނުތަކަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އައުޓްބޯޑު އިންޖީނާއި، އިންޖީން ސްޕެއާ ވިއްކުމުގެ ދާއިރާއިން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ހަސަން މެރިން އިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ މިއަހަރުގެ ފަހުކޮޅާ ދިމާކޮށް، މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ މާކަރީ ބްރޭންޑުގެ ޕޯޓެބަލް އައުޓްބޯޑު އިންޖީނުތަކަށެވެ.
ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭ އިންޖީނުތައް:
2 ސްޓްރޯކް 3.3 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓްރޯކް ފަސް ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓްރޯކް ހަ ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓރޯކް އަށް ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓްރޯކް 15 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓްރޯކް 25 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 2 ސްޓްރޯކް 30 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 4 ސްޓްރޯކް 15 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 4 ސްޓްރޯކް 25 ހޯސްޕަވަރުގެ މާކަރީ އިންޖީނު
- 4 ސްޓްރޯކް 30 ހޯސްޕަވަރުގެ މާކަރީ އިންޖީނު
މި ޕްރޮމޯޝަނާ ގުޅިގެން އެކުންފުނީގެ ސޭލްސް މެނޭޖަރު ސައިދް އާދަމް ވިދާޅުވީ، މި ޕްރޮމޯޝަނުގެ ދަށުން ދޭން ނިންމާފައިވާ ޑިސްކައުންޓަކީ އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުން އަދި މިހާތަނަށް ދީފައިނުވާ ވަރުގެ ބޮޑު ޑިސްކައުންޓެއް ކަމަށެވެ.
"ބޮޑު ޗުއްޓީއާ ދިމާކޮށް އަޅުގަނޑުމެން މި ފެށި ޕްރޮމޯޝަން އަމާޒުވެފައި ވަނީ އަޅުގަނޑުމެންގެ ޕޯޓެބަލް އިންޖީނުތަކަށް. 15 ފޫޓާއި 20 ފޫޓާ ދެމެދުގެ ޑިންގީ ތަކަށް މި އިންޖީނުތަކަކީ ބޭނުން ކުރެވޭ އިންޖީނުތައް. ޗުއްޓީގައި ނައިޓް ފިޝިންއަށް ދިއުމަށާއި ޕިކްނިކް ފަދަ މުނިފޫހިފިލުވުމުގެ ދަތުރު އެޅުމަށް މިއީ ރަނުގެ ފުރުސަތެއް،" ސައިދް ވިދާޅުވި އެވެ.
ހަސަން މެރިން އަކީ، މާކަރީ އިންޖީނާއި، އެ އިންޖީނުގެ ސްޕެއާ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ހޯދާފައިވާ ހަމައެކަނި ކުންފުންޏެވެ. ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހަސަން މެރިން އިން ދަނީ ގިނަ ގުނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.