ކ. ތިލަފުށީގައި ހުންނަ ނަލަހިޔާ ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ނަލަހިޔާ އިމާރާތެއްގެ އަށް ވަނަ ފަންގިފިލާގައި ހިނގި އެ ހާދިސާގައި މީހަކަށް އަނިޔާއެއްނުވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިތާ މާގިނައިރުތަކެއްނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ފްލޯގެ ބޮޑުބައެއް ވަނީ އަނދާފައެވެ.

އަލިފާނުގެ ހާދިސާ ހިނގަންމެދުވެރިވި ސަބަބެއް އަދި ނޭންގެއެވެ.