10 Jun 2011, 11:00
ޓެކްސަސް : އެމެރިކާގެ ޓެކްސަސްގެ ގެއަކުން ސާޅީހަކަށް ކުދިންގެ މަރުވެފައިވާ ހަށިތައް ފެނިއްޖެވެ.
އެމެރިކާގެ މީޑީޔާ ޚަބަރުދޭގޮތުގައި ޓެކްސަސްގެ ހިޔުސްޓަންގެ ގެއެއްގައި ވަޅުލާފައިވާ މިކުދިން ގެ ގުނަވަންތައް ބުރިކޮށްފައިވާ ކަމުގެ ހެކިތައް ކަށިތަކުން ފެންނަން އެބަހުއްޓެވެ. އެމެރިކާގެ ލޯކަލް ޓީވީ ޗެނެލްއެއްކަމަށްވާ ކޭ.ބީ.އާރު.ސީ ބުނިގޮތުގައި މިހާތަނަށްވަނީ 40 ކުއްޖެއްގެ ހަށިތައް ފެނިފައެވެ.
ޓެކްސަސްގެ ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި އެގޭގައި ކުޑަކުދިންގެ ހަށިތަކެއް ވަޅުލާފައިވާކަން ފުލުހުންނަށް ރިޕޯޓްކުރީ އާންމުންގެ ތެރެއިން މީހެކެވެ. އެހެންކަމުން މިމައްސަލަ ގެންދަނީ ތަހްޤީޤް ކުރަމުންނެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިގެ ހުންނަ ސަރަޙައްދުގައި ކުޑަކުދިން ވަގަށް ނަގައިގެން އެކުދިން މެރުމުގެ ޖަރީމާ ހިންގާ މުޖްރިމަކު ތަންކޮޅެއް ކުރިން އުޅެފައިވެއެވެ. (ނޫސްއެޖެންސީތައް)