ބޮލީވުޑްގައި މިވަގުތު ތިބި އަންހެން ފަންނާނުންގެ ތެރެއިން އެންމެ ބޭނުންވަނީ ކަންގަނާ ރަނައުތު އާއެކު މަސައްކަތް ކޮށްލަން ކަމަށް 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' ގެ ތަރި ސުޝާންތު ސިންގް ރާޖްޕުތު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސުޝާންތު ބުނީ ކަންގަނާ އަކީ ހުނަރުން ފުރިގެންވާ އެކްޓަރެއް ކަމަށެވެ. އަދި ކަންގަނާ އަށް އިތުރަށް ކުރިއަށް ދިއުމުގެ ގާބިލުކަން ހުރި ކަމަށް ވެސް ސުޝާންތު ބުންޏެވެ.

ސުޝާންތު ބުނީ އޭނާއަށް އެންމެ ކަމުދާ އަންހެން ފަންނާނަކީ އަނުޝްކާ ޝަރްމާ ކަމަށެވެ. އަނުޝްކާ އާއި ސުޝާންތު ވަނީ އާމިރު ޚާންގެ 'ޕީކޭ' ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

ސުޝާންތު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކްރިތީ ސަނޯން އާއެކު، ރާބްތާ އިންނެވެ. އަދި ސުޝާންތު އަންނަނީ ޕަރިނީތީ ޗޯޕްޅާ އާއެކު ވެސް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.