ތޮއްޑޫން: މަރިޔަމް ރާނިޔާ

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ސިޔާސީ "ގިބުލައަކީ" ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމު ނުވަތަަ ތޮއްޑޫގެ ދާގަބާ އެއްވެސް ނޫން ކަމަށާއި އޭނާގެ ސިޔާސީ ގިބުލައަކީ އެ ދާއިރާގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުން ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ "ތޮއްޑޫ ދާއިރާ މެކުހަށް"މިނަމުގައި ރޭ އެމްޑީޕީން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ވަހީދު ދެއްކެވި ވާހަކައިގައި އިއްޔެ އޭނާ އެ އަތޮޅު ރަސްދު އަށް ވަޑައިގަތުުމުން ގޮނޑިން އިސްތިއުފާދިނުމަށް އެ ރަށުގެ ބައެއް މީހުން ގޮވައި ނުރުހުން ފާޅުކުރިކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ތޮއްޑޫ ދާއިރާގެ ގޮނޑިއަކީ އެ ދާއިރާގެ ރައްޔިތުން އިންތިހާބެއްގައި ވޯޓްލައިގެން އޭނާ އަށް ދީފައިވާ ގޮނޑިއެއް ކަމަށާއި އެ ގޮނޑީގެ ދައުރު ހަމަވީމާ އަނެއްކާ ވެސް ހުޅުވާލާނެ ކަމަށެެވެ. އަދި ދެންވެސް އެ ގޮނޑި ހޮވޭނީ ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ ވޯޓުން ކަަމަށާއި އެއީ ޑީއާރުޕީގެ ޒައީމްގެ ގޮނޑިއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ޑީއާރުޕީގެ ގޮނޑިން އިސްތިއުފާ ދީފިން، އެގޮނޑި އެއޮތީ. އަޅުގަނޑު މިއަދު ހިތާމަކުރިން އެހާ ބޮަޑަށް ބަޔަކު ރުުޅިއައިސްފައި ތިބީމައި. ނަވަވެސް އެ އަށްވުރެ އުފާކުރިން އެމީހުން އެރުޅިއާ އެކު އަޅުގަނޑާއި ރައީސް ނަޝީދާއި ކުރިމަަތިލީ 30 އަހަރު ނުހެދުނު ރަސްދޫ ބަނދަރުގައި ކަަމުގައިވާތީ. އެހެންވީމާ ބަދަލުގެންނަން ޖެހެނީ،" ރަސްދޫ ބަނދަަރުގެ މަސައްކަތް ފެށި އިރު އިދިކޮޅު މީހުންގެ ރަށްރަށުގެ ބަނދަރަކީ ވެސް ސަރުކުރާރުން ހަދައިދޭން ޖެހޭނެ ތަންތަން ކަމަށާއި އޭގެ ނަމޫނާ އަކީ ރަސްދޫ ބަނދަރު ކަމަށް ކުރިން ވިދާޅުވި އަލީ ވަހީދު ވިދާޅުވި ރޭ އެވެ.

އޭނާ ވިދާޅުވީ ފެކްޝަން ފެކްޝަން ހަދައިގެން އޭނާއާ ދިމާލަށް ގާ އުކުމުގެ ބޭނުމެއް، އަދި ކުރިން އޭނާ ދައްކަވާފައިވާ ވާހަކަތަކުގެ ޓޭޕްތައް ޖެހުމުގެ މާނައެއްވެސް ނެތް ކަމަަށާއި ރައްޔިތުންގެ ހައްގުގައި ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެންނާނެ ބުންވަރާއި ފަންވަރު އޭނާގެ ކިބައިގައި އެބަަހުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ގެނެސްފައިވާ އިސްލާހީ އެޖެންޑާއަށް އިއްޔެ ރޭ ހަތް އަހަރު ފުރުނުކަން ފާހަގަކުރައްވައި، އެ އެޖެންޑާ އަށް ހަތް އަހަރު ފުރުނުއިރު ވެސް ޑީއާރުޕީގެ ޒައީމާއި ޒައީމް ފެކްޝަން އޮތީ އިސްލާހީ ޖާޑިއަކަށްލާ އިސްލާހު ކުރަންޖެހިފައި ކަމަށް ވިދާޅުވެ ޒައީމަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެެވެ.

"މިރާއްޖޭގެ އިސްލާހީ އެޖެންޑާ އަކީ އެންމެ މީހެއްގެ އެއްޗެއް ނޫން، ރާއްްޖޭގެ އިސްލާހީ އެޖެންޑާއަކީ މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާއިތުވި ހަތް އަހަރު މަސައްކަތް ކުރި އެންމެންގެ އެއްޗެއް، ނަަމަވެސް މައްސަލައަކަށް ވަނީ އެންމެ މީހެއްގެ އެއްޗަކަށް ހުރިހާއެއްޗެއް ވާ ހިޔާލު އަޅުގަނޑުމެންގެ ތެރޭގައި ހުންނާތީ. އަޅުގަނޑު ބޭނުމެއް ނޫން 2008 ވަނަ އަހަރުގެ ތަޖުރިބާ ދެވަަނަ ފަހަރަކަށް އަޅުގަނޑަށް ތާއީދުކުރާ މެންބަރުންނަށް ދައްކާކަށެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަދި ގައުމަށް ހިދުމަތްކޮށްދިނުމަށް ކޮންމެހެން ވަކިޕާޓީއެއްގައި ހުންނަން ޖެހޭ ކަމަށް ޤަބޫލްނުކުރައްވާ ކަމަށާއި އިދިކޮޅު ޕާޓީގައި ހުރެގެން ނުވަތަ ވެރިކަން ކުރާ ޕާޓީގައި ހުރެގެން ވެސް އިހުލާސްތެރިކަމާ އެކު ރައްޔިތުނަށް އަދި ގައުމަށް ހިދުމަތް ކޮށްދެވިދާނެ ކަމަށެވެ.

"އެހެންނަމަވެސް އެމަސައްކަތުގައި ފައިދާއެއް ނުކުރަންޔާމުން ނުވަތަ އެމަސައްކަތުގައި ތިމާ ނިސްބަތްވާ ދައިރާގެ ރައްޔިތުންނަށް ފައިދާއެއް ނުކުރާ ނަމަ، އަދި އެ މަސައްކަތުގައި ގައުމަށް މުސްތަގުބަލެއް ނެތްނަމަ އެކުރަނީ އިސްލާހީ މަސައްކަތެއް ނޫން، އޭރުން އެކުރެވެނީ ދިވެހި ރައްޔިތުންނަށް ހަރާންކޯރުވުން ނޫން ކަމެއް ނޫން."

އަލީ ވަހީދު އެހެން ވިދާޅުވި އަސް އޭނާ ކޮޅު ބަދަލުކުރެއްވީ އޭނާގެ ދާއިރާގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ބޮޑަށް ޒާތީ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި އެ ބޭފުޅުން ވިދާޅުވަމުން އަންނީ އެއީ ޑީއާރުޕީ ގޮނޑިއެއް ކަމަށާއި އެއްވެސް ވަރަކަށް އަލީ ވަހީދު ރައްޔިތުންނަށް އިހުލާސްތެރި ނަމަ ގޮނޑިން އިސްތިއުފާ ދެއްވުމަށް ފަހު އިންތިހާބަކަށް ހުޅުވާލުމުގެ ފުރުސަތު ތަނަވަސްކޮށް، އަލުން ވާދަކުރައްވައިގެން ގޮނޑި ހޯއްދަވަން މަސައްކަތް ކުރެއްވީސް ކަމަށެވެ.

އެފަދަ ފަރާތްތަކުން ތުހުމަތު ކުރަނީ އަލީ ވަހީދު "ރައްޔިތުންނަށް ހަރާންކޯރުވެ" މިލިއަނުން "ވިކުނީ" ކަމަށެވެ.

ތޮއްޑޫދާއިރާ މެކުހަށް ޖެހުމަށް އެމްޑީޕީން ރޭ ބޭއްވި އެ ޖަލްސާގައި އަލީ ވަހީދު ވަނީ ތޮއްޑޫ ދާއިރާ އިން އަލަށް އެމްޑީޕީއަށް ސޮއިކޮށްފައިވާ 300 މީހުންގެ ފޯމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ހަވާލުކޮށްދެއްވާފަ އެވެ. ރޭގެ އެޖަލްސާގައި ދައުލަތުގެ އިސްވެރިންގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އެޕާޓީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.