24 Oct 2016, 14:49
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް، ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް ހަމަޖައްސައިފިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަންކުރައްވައިފައެވެ.
ނިމާލް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރީ އެ ކުންފުންޏާ ގުޅޭގޮތުން ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މިދިޔަ މަހުގެ 26ގައެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނާއިބަކަށް ނިމާލް ހަމަޖެއްސުމާއެކު މިވަގުތު ޓޫރިޒަމް މިނިސްޓްރީގައި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިބޭނެއެވެ.