24 Oct 2016, 13:44
ބޮލީވުޑްގެ ފަންނާނުން ކަމުގައިވާ ބިޕާޝާ ބާސޫ އަދި ކަރަން ސިންގ ގްރޯވަރު ކައިވެނި ކުރީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އިރު ނަގާފައިވާ ފޮޓޯތަކާއި، ކައިވެނީގެ ފޮޓޯތަކުގެ އިތުރުން ކައިވެނީގެ ފަހުން ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯތަކުން، ދެމީހުންގެ ދެމެދު ވަރަށް ވަރުގަދަ ލޯތްބެއް ވާކަން ހާމަވެ އެވެ.
އަދި ދެމީހުން ވޭތުކުރަމުން އަންނަނީ އުފާވެރި ދުވަސްތަކެއް ކަން ވެސް ހާމަވެ އެވެ. ކަރަން އާއި ބިޕާޝާ އަބަދު ވެސް އެކުގައި ފެންނަ އިރު، ދެމީހުން ވެސް ތިބީ އުފަލުންނެވެ. ނަމަވެސް ކަރަންގެ އެކުވެރިން ތިބީ އުފަލަކުން ނޫނެވެ.
ރިޕޯޓުތައް ބުނާގޮތުން، ކަރަން ދާ ކޮންމެ ތަނަކަށް ބިޕާޝާ ދެއެވެ. އަދި ކަރަންގެ އެކުވެރިންނާ އެކު ވަގުތު ހޭދަކުރާ އިރު ވެސް ބިޕާޝާ ބައިވެރިވެ އެވެ. ކަރަންގެ އެކުވެރިން ގަބޫލުކުރާ ގޮތުގައި ބިޕާޝާ ހުންނަނީ ކަރަން ދަށުކޮށްލައިފައެވެ. އަދި ކަރަންގެ ދިރިއުޅުން ކޮންޓްރޯލް ކުރަނީ ބިޕާޝާ އެވެ.
ކަރަންގެ އެކުވެރިން ގަބޫލުކުރާ ގޮތުގައި ބިޕާޝާ އާއެކު އުޅޭ އިރު ކަރަން އަކީ މަޖާ މީހެއް ނޫނެވެ. ނަމަވެސް ބިޕާޝާ ނެތް ތަންތަނުގައި ކަރަންގެ އަސްލު މިޒާޖު ފެނެ އެވެ.
ކަރަންގެ އެކުވެރިންނާ ހަވާލާދީ ޚަބަރުތައް އެހެން ބުނި ނަމަވެސް، ބަލާ ބެލުމަށް ކަރަން ވެސް ފެންނަނީ ބިޕާޝާ އާއެކު ވަރަށް އުފަލުގައި ހުންނަ މަންޒަރެވެ.