24 Oct 2016, 11:40
ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ފޯނާ ގުޅޭ ތަހުލީލްތައް ކުރުމަށް ވަރަށް ކުރިން ސުރެ ބޭނުން ކުރަމުން ދިޔަ ވައްތަރުތަކުގެ ފޯންތަކެއް އުރީދޫއިން ފުލުހުންނަށް ހަދިޔާކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހެޑް ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ވަރަށް ކުރީންސުރެ ދިވެހިން ބޭނުން ކުރަމުން ދިޔަ ވައްތަރުތަކުގެ ފޯންތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ.
ނިޔާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އުރީދޫއިން ފުލުހުންނަށް މޯބައިލް ޓެކްނޮލޮޖީއާ ގުޅޭ ތަމްރީނުތަކެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެ ފޯނުތަކުގެ ސަބަބުން މޮބައިލް ފޯނާގުޅޭ ތަހުލީލުތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތައް އަވަސްވެގެންދާނެ ކަމަށެވެ.
މީގެ އަހަރުތައް ކުރިން މީހުން ބޭނުންކޮށްފައިވާ ވައްތަރުގެ އެ ފޯނުތަކުގެ ސަބަބުން ތަހުގީގު ކުރާ މައްސަލަތަކަށް ބޭނުންވާނެ މައުލޫމާތު ހޯދާނެ ތަމްރީނުތައް ހެދުމަށް ފުލުހުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ފޯނުތަކުގެ ޑާޓާ ނެގުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ އަވަހަށް ތަހުލީލުތައް ރާއްޖެ އިން ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.