ރިޓަޔަމަންޓް ޕެންޝަން ސުކީމްގެ ގަވާއިދާ ހިލާފްވާ ފަރާތްތަކުން ކުރަމުން އައި ޖޫރިމަނާގެ އަދަދު ބޮޑުތަން ދަށް ކޮށްފި އެވެ.

ޕެންޝަން ސުކީމުގައި ބައިވެރިނުވާ ފަރާތަކުން ބައިވެރިނުވެ ފާއިތުވެގެންދާ ކޮންމެ މަހަކަށް ޖޫރިމަނާގެ ގޮތުގައި މީގެ ކުރިން ދިޔައީ 500 ރުފިޔާ ނަގަމުންނެވެ. ނަމަވެސް ޕެންޝަން އޮފީހުން މިހާރު އަމަލު ކުރަން ފަށާފައިވާ އުސޫލުން އެފަރާތްތަކުގެ ޖޫރިމަނާ ގޮތުގައި ނަގަނީ ޖުމުލަ 500 ރުފިޔާ އެވެ.

ވަޒީފާދޭ ފަރާތުން ބަލަހައްޓަން ޖެހޭ ރެކޯޑުތައް ނުބެލެހެއްޓުމުން ކުރިން ދިޔައީ 500 ރުފިޔާ އާއި 50,000 ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރަމުންނެވެ. ނަމަވެސް، ފަހުން ގެނައި އިސްލާހާ އެކު އެ އަދަދު ވަނީ 1000 ރުފިޔާ ކަމަށް ކަނޑައަޅައިފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އެގޮތަށް ބަދަލު ގެނައީ އެ ސުކީމުގައި ބައިވެރިނުވެ ތިބި ފަރާތްތައް ސުކީމުގައި ބައިވެރިވުމަށް ހުރި ދަތިތަކަށް އިދާރީ ގޮތުން ލުޔެއް ދިނުމަށް ކަމަށެވެ.