ގިނަ އަދަދެއްގެ ބިއްލޫރި އަރުވައިގެން ދުއްވާފައި ދިޔަ ލޮރީއެއް ހައުސިން މިނިސްޓްރީ ކައިރިއަށް ފުރޮޅާލައިފި އެވެ.

އިއްޒުއްދީން މަގުން މީގެ ކުޑައިރުކޮޅެއް ކުރިން ދުއްވާފައި ދިޔަ ލޮރީ ފުރޮޅާލައި އޭގައި ހުރި ގިނަ އަދަދެއްގެ ބިއްލޫރިތައް މަގުމައްޗަށް ވެއްޓި ތަޅައިގެން ގޮސްފައިވެ އެވެ. އެލޮރީގައި އެވަގުތު މީހުން ތިއްބެވެ. ނަމަވެސް މީހަކަށް އަނިޔާއެއްނުވެ އެވެ.

މަންޒަރު ދުށް ފަރާތަކުން ސަން އަށް މައުލޫމާތު ދިންގޮތުގައި އެލޮރީ ފުރޮޅާލީ ބެލެންސްނުވުމުގެ ސަބަބުންނެވެ.

ފުލުހުން އެ މައްސަލަ އަންނަނީ ތަހުގީގް ކުރަމުންނެވެ. ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.