09 Jun 2011, 19:49
މރ. ޗިކޯގައި ޓައިލްސް ކަފާތީ އާއި މާރުކޭޓުގެ ހޮަޓަލުން ކުރަފި ފެނިގެން އެ ދެ ތަން ފުޑް އެންޑް ޑްރަގް އެތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބަންދުކޮށްފި އެެވެ.
އެމްއެފްޑީއޭގެ މީޑިއާ އޮފިޝަލު ޖަމީލާ މުހައްމަދު މިއަދު ވިދާޅުވީ އެއޮތޯރިޓީން މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ހޮޓާ،ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަންގެ ދަށުން މިއަދު ރޯމަސް މާރުކޭޓު މަތީގައި ހުންނަ މާރުކޭޓު ހޮޓަލާއި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ މިސްޓާ ޗިކޯ ބަންދުކޮށްފައިވާ ކަމަށެވެ. ޖަމީލާ ވިދާޅުވީ މާރުކޭޓު ހޮޓާ ކުރިން ވެސް ހުރީ ބަންދުކޮށްފައި ކަމަށާއި ކުރިން ބަންދުކުރީ ރޫޓިން އިންސްޕެކްޝަންގައި މިދިޔަ މަހުގެ 23 ގައި އެތަނުގައި ގެންގުޅޭ އުނދުޅި ދޭފަތް ފަދަ އެއްޗެހީގެ ސާފުތާހިރުކަން ކުޑަވުމާއި ތަަނުގެ ފާރުގައި މީދާފަދަ ތަކެއްޗަށް ވަދެވޭ ގޮތަށް ބާގަނޑު ހުރުމާއި ކުރަފި ފެނިގެން ކަމަށެވެ.
"ކުރިންވެސް އަޅުގަނޑުމެންވާާނީ އެތަނުގައި ހުރި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންތައްތައް ރަނގަޅު ކުރުމަށް ތަން ބަަންދުކޮށްފައި، އޭރު އެތަަނުގެ ތެރޭގައި ހުރި ބައެއް ޓަައިލްސްތައް ނެއްޓިފައި އަދި ތަަނުގެ ވައިރިން ބޯޑުތަަކުގައި ވެސް ވަރަށް ބޮޑަށް ހުރީ ހިރަފުސް ހިފާފައި،" ޖަމީލާ ވިދާޅުވި އެވެ.
ޖަމީލާ ވިދާޅުވީ މާރުކޭޓު ހޮޓަލުން އެކަަންތައްތައް ރަނގަޅުކުރުމަށް ފަހު އަލުން ހުއްދައަށް އެދުމުން އެތަން އިންސްޕެކްޓް ކުރުމަށްފަހު އަަނެއްކާ ވެސް އެތަން ބަންދުކުރީ ޙާއްސަ އޮޕަރޭޝަަންގެ ދަށުން މިއަދު އެތަނަށް ދިޔައިރު ތަނުގެ ތެރޭގައި އެއޮތޯރިޓީގެ ގަަވާއިދާ އެއްގޮތަށް ކަންތައްތައް އިސްލާހުކޮށްފައިނުވާތީ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ހިއްސާ އޮންނަ، މރ.ޗިކޯ މިއަދު ބަންދުކުރަންޖެހުނީ ތަަނުގެ ތެރޭގައި ޓައިލްސް ކެފުމުގެ މަސައްކަތެއް ކުރަމުންދާތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެފްޑީއޭ އިން މިއަދު ބަންދުކުރި މިސްޓާ ޗިކޯއާއި މާރުކޭޓު ހޮޓަލުގެ ބަަހެއް ސަަން އަަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާލޭގެ ސައި ހޮޓާ، ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ބެލުމަށް އެމްއެފްޑީއޭ އިން ކުރިއަށް ގެންދާ ޙާއްސަ އޮޕަަރޭޝަންގައި މިހާތަނަށް 90 ތަަނެއް އިންސްޕެކްޓްކޮށްފަައިވާއިރު އޭގެތެރެއިން 9 ތަނެއް މިހާތަނަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ބަންދުކުރި ތަންތަނުގެ ތެރެއިން ބަަކަރިއާއި ބުޅަލާއި މީދަލުގެ ނަޖިހުގެ އިތުރުން ކުރަފިވެސް ވަނީ ފެނިފަ އެވެ. އެއޮތޯރިޓީން ބުނީ މިހާތަނަށް ބަންދުކުރި ތަންތަަނުގެ ތެރެއިން ބުރުޒު ކޭޓަރިން ސަވިސަސް އާއި ސަބްނަމްކެފޭ (ކަވާބުކަނޑަ) އަދި އިއްޔެ ބަންދުކުރި ވެސްޓްޕާކް އިން އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ރަނގަޅު ކުރުމުން އަލުން އެތަންތަނަށް ހުއްދަ ދީފައިވާ ކަމަށެވެ.