އެންވަޔަރަންމެންޓް މިނިސްޓަރުގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ރައީސް މިއަދު އައްޔަން ކުރެއްވީ ޏ. ފުވައަމުލައް، ނަޒާލް، ނިޒާހު މުޙައްމަދު ރަފީޢު އެވެ.

އެންވަޔަރަންމެންޓް މިނިސްޓަރުގެ ނައިބު ކަމުގައި ދެން ހުންނަވަނީ އަލީ އާމިރެވެ. މީގެކުރިން އެންވަޔަރަންމެންޓް މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަނީ ސީނިއާ ޕޮލިސީ އެގްޒެކްޓިވްގެ ނަމުގައި މަގާމެއް އުފައްދަވައި އެ މަގާމަށް ބަދަލު ކުރައްވައިފައެވެ. އެގޮތުން ސީނިއާ ޕޮލިސީ އެގްޒެކްޓިވްގެ މަގާމުގައި އެންވަޔަރަންމެންޓް މިނިސްޓްރީގައި ފަސް ބޭފުޅަކު ތިއްބަވައެވެ.